އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަރަދޫފޭދޫގައި އަޟްހާ ޢީދު ފާހަގަ ކުރުމާ ގުޅޭ

28 އެޕްރީލް 2025     4 months ago


އިޢުލާން
 

މަރަދޫފޭދޫގައި އަޟްހާ ޢީދު ފާހަނގަ ކުރުމާ ގުޅޭ

              އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އައްޑޫސިޓީގެ އެކި އަވަށްތަކުގައި އަޟްހާ ޢީދު ފާހަނގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަރަދޫފޭދޫގައި ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން މަރަދޫފޭދޫ ރައްޔިތުންނާއި އަވަށުއޮފީހުގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކޮށްލަން ބޭނުންވާތީ 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 20:30 އަށް މަރަދޫފޭދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަމެވެ.

 

ތާރީޚް: 29 އެޕްރީލް 2025 (އަންގާރަ)

ތަން: މަރަދޫފޭދޫ އަވަށު އޮފީސް

ގަޑި: 20:30

30 ޝައްވާލު 1446

28 އެޕްރީލް 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5B/426/2025/287

ޕަބްލިޝް ކުރި ތާރީޚް: 28-04-2025

ސުންގަޑި: 2025-04-29 20:30:00