އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަށް ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

12 މޭއި 2025     4 months ago


އިޢުލާން


އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަކުގެ ތެރެއިން ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަށް ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ


1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 05 ޖޫން 2025 އިން 09 ޖޫން 2025ގެ ނިޔަލަށް 05 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެސަރަހައްދުތަކުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.
             ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މިޢިއުލާނަށް އެއް ފަރާތައްވުރެ ގިނަ ފަރާތްތަކުން ހުށަހެޅުން ހުށަހަޅާފައިވާނަމަ، ހަރަކާތުގައި ސްޓޯލް / ކެންޓީން ހިންގާނެ ފަރާތްތައް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި މިއިދާރާއިންނެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބަލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް:  https://forms.gle/MT66sP2stb7Xb8tcA

14 ޛުލްޤައިދާ 1446

12 މޭ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2025/311

ޕަބްލިޝް ކުރި ތާރީޚް: 12-05-2025

ސުންގަޑި: 2025-05-18 12:00:00