އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މީދޫ އަވަށުގައި ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުރި ވެހިކަލާއި، ތަކެތި ނެގުމާއި ގުޅޭ

13 މޭއި 2025     4 months ago


އިޢުލާން


ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުރި ވެހިކަލާއި، ތަކެތި ނެގުމާއި ގުޅޭ

މިއަވަށުގައި ހިންގާ ގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި އުޅަނދުތައް ޤަވާޢިދާ ޚިލާފަށް ބަހައްޓާފައި ހުންނަކަން މިއޮފީހަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ޖޯލިފައްޗާއި، ގަލާއި، ވެއްޔާއި، ކުނި ފަދަ ތަކެތި ޤަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ.  މިގޮތަށް މަގުމައްޗަށް ވެހިކަލާއި ތަކެތި ދޫކޮށްފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި  ދިމާވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވާ ކަމެކެވެ.

ވީމާ، ގިނަ ދުވަސްވަންދެން މަގު މަތީގައި ބަހައްޓާފައިވާ ބައު އުޅަނދުތަކާއި، މަގު މައްޗަށް ދަތިވާގޮތަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 07 ދަވަހުގެ ތެރޭގައި ނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިތަކެތި ނުނަގައިފިނަމަ ޤަވާޢިދު ނަންބަރު 2019/R-984 "ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދުކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން އެތަކެއްޗަކީ ދޫކޮށްފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު، އެޞަރަޙައްދުން އެތަކެތި ނަގާނެ ކަމުގައި އަންގައި އިޢުލާނުކުރީމެވެ. އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އުޅަނދުތަކާއި ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އަވަށު އޮފީހުން ޒިންމާ ނުވާނެ ވާހަކަވެސް އަންގަމެވެ. އަދި މިގޮތަށް ނެގޭތަކެތި ވަގުތީގޮތުން ގެންދެވޭ ޞަރަޙައްދުން 30 ދުވަސްތެރޭގައި ނުނަގައިފިނަމަ އެތަކެތި ނައްތާލެވޭނެ ވާހަކަ ޢާންމުކޮށް އަންގައި ޢިއުލާން ކުރީމެވެ.

15 ޛުލްޤަޢިދާ 1446

13 މެއި 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-1A/426/2025/317

ޕަބްލިޝް ކުރި ތާރީޚް: 13-05-2025

ސުންގަޑި: 2025-05-21 14:00:00