އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "އައްޑޫ އީދިސަމާ 1446" ހަރަކާތްތަކުގެ ތެރެއިން ހުޅުދޫ އަވަށު އޮފީހުން ބާއްވާ އީދިކެއިމާގެ ނަމުގައި ބާއްވާ ކެއްކުމުގެ މުބާރާތާއި ގުޅޭ

14 މޭއި 2025     4 months ago


އިޢުލާން
 

        1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީގެ އެކި އަވަށްތަކުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ހުޅުދޫގައި " އީދިކެއިމާ" ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މުބާރާތުގައި އައްޑޫގައި ދިރި އުޅެމުންދާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 އަށް ބައިވެރިވާ ޓީމުގެ ނަމާއި، ޓީމުގެ ކެޕްޓަން، ޓީމުގެ ބައިވެރިން އަދި ގުޅޭނެ ނަންބަރ ވައިބަރ ކޮށް ނަންނޯޓު ކުރުމަށްދަންނަވަމެވެ. އަދި، މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6894655 އަށް ގުޅުއްވުން އެދެމެވެ.          

16 ޒުލްޤަޢިދާ 1445

14  މޭ   2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2025/326

ޕަބްލިޝް ކުރި ތާރީޚް: 14-05-2025

ސުންގަޑި: 2025-05-22 14:00:00