އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް

27 މޭއި 2025     3 months ago


އިޢުލާން
 

މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް

          އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2 " ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

           މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް 2025 ޖޫން 10 ވާ އަންގާރަ ދުވަހުގެ ނިޔަލަށް މި އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓަށް [email protected] މެއިލް  ކުރެއްވުން އެދެމެވެ.

            ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ޛުލްޤައިދާ 1446

27 މެއި 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2025/362

ޕަބްލިޝް ކުރި ތާރީޚް: 27-05-2025

ސުންގަޑި: 2025-06-10 14:00:00