އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މެމްބަރޝިޕް ފީ ނެގުމާ ގުޅޭ

19 ޖޫން 2025     3 months ago


އިޢުލާން

އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މެމްބަރޝިޕް ފީ ނެގުމާ ގުޅޭ

        އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު މިއިދާރާގެ ނަންބަރ: (IUL)426-AB/426/2024/302 (05 އޮގަސްޓް 2024) އިޢުލާނުން އާއްމުކޮށް، އެއުޞޫލަށް އެތާރީޚުން ފެށިގެން ޢަމަލުކުރަންފަށާފައިވާތީ، އައްޑޫގެ އިޖުތިމާޢީ މަރުކަޒުތަކުން ދޭ އެއްވެސް ޚިދުމަތެއް ދެން ލިބިދެވޭނީ އެއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަރުކަޒުގެ މެމްބަރަކަށްވުމުން ކަމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. އެހެންކަމުން، މިއިޢުލާނާއި އެކު އިސްވެ ބަޔާންކުރި އުޞޫލުގެ ދަށުން މެމްބަރަކަށް ވުމަށް ފީއެއްގެ ގޮތުގައި  ނެގުމަށް ކަނޑައަޅާފައިވާ ފީތަކުގެ ތާވަލު ހިމަނައި، ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

        މިއާއެކު، 2025 ޖުލައި 01 އިން ފެށިގެން އައްޑޫގެ ހުރިހާ އިޖުތިމާޢީ މަރުކަޒުތަކުން އާންމުންނަށް ޙިދުމަތްތައް ލިބިގެންދާނީ މިއިޢުލާނާއެކު ބަޔާންކުރާ ތާވަލާ އެއްގޮތަށް މެމްބަރޝިޕް ފީ އަދި ވަކި ވަކި ހަރަކާތްތަކަށް ނަގަން ކަނޑައަޅާފައިވާ ފީތައް ދެއްކުމުން ކަމަށާއި، މިއިޢުލާން ޝާއިޢުކުރުމާއެކު ކޮންމެ އަވަށެއްގައި ޤާއިމުވެފައިވާ މަރުކަޒަކުން ޚިދުމަތް ހޯދަން އެދޭ ފަރާތްތަކުން މެމްބަރުންގެ ގޮތުގައި މެމްބަރޝިޕް ފޯމް (އޮންލައިން އެޕްލިކޭޝަން) ފުރިހަމަ ކުރައްވައި ދަފްތަރުވުމަށް ދަންނަވަމެވެ. ހަމައެހެންމެ، 2025 ޖުލައި 01 އިން ފެށިގެން ހުރިހާ މަރުކަޒުތަކުން ޚިދްމަތް ފޯރުކޮށްދެވޭނީ މެމްބަރުންގެ ގޮތުގައި ދަފްތަރުވެ ހޯދާ ޚިދްމަތްތަކަށް ދައްކަންޖެހޭ ފީތައް ދެއްކެވުމުން ކަމުގައި އަންގާ ޢިއުލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1446

19 ޖޫން 2025

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2025/391

ޕަބްލިޝް ކުރި ތާރީޚް: 19-06-2025

ސުންގަޑި: 2025-06-20 14:00:00