އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރައްޔިތުންގެ ބައްދަލުވުން

16 ޖުލައި 2025     2 months ago


އިޢުލާން

ރައްޔިތުންގެ ބައްދަލުވުން

        ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ) ޤާނޫނު ނަންބަރު 7/2010)  ގެ107  ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން  24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ.ްމި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް މިއިދަރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

        މި ބައްދަލުވުމަކީ ކުރިޔަށްއޮތް އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވޭ ބައްދަލުވުމެކެވެ. ވީމާ، މިބައްދަލުވުމުގައި ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

21 މުޙައްރަމް 1447

16 ޖުލައި 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2025/450

ޕަބްލިޝް ކުރި ތާރީޚް: 16-07-2025

ސުންގަޑި: 2025-07-24 20:30:00