އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މިނިވަންދުވަހުގެ ހަރަކާތްތަކަށް ސ.ފޭދޫ އޯކިޑުމަގު އަދި ލިންކްރޯޑުން ކަނޑައެޅިފައިވާ ސަރަޙައްދު ބަންދުކުރުމާ ގުޅޭ

22 ޖުލައި 2025     2 months ago


އިޢުލާން
 

މިނިވަންދުވަހުގެ ހަރަކާތްތަކަށް ސ.ފޭދޫ އޯކިޑުމަގު އަދި ލިންކްރޯޑުން ކަނޑައެޅިފައިވާ ސަރަޙައްދު ބަންދުކުރުމާއި ގުޅޭ

        އައްޑޫސިޓި ފޭދޫގައި މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް "މިނިވަން ހަ ދަހަރަ" ނަމުގައި މިނިވަންދުވަހުގެ ހަރަކާތްތައް 25 ޖުލައި  2025 ން 27 ޖުލައި 2025 އަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.

        މިނިވަންދުވަހުގެ ހަރަކާތްތައް ހިންގުމަށްޓަކައި 26 ޖުލައި 2025 ގައި ފޭދޫ އޯކިޑުމަގު (ޔޫރޯސްޓޯރުން ފެށިގެން ލަޠިފީހިނގުން ސީމީއާއި ހަމައަށް) ބަންދުކޮށް އެ މަގަކީ އެދުވަހުގެ 15:00 އިން ފެށިގެން 18:30 އާއި ހަމަޔަށް ހިނގައި އުޅޭ މަގެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 26 ޖުލައި 2025 ވަނަ ދުވަހުގެ 15:00 އިން ފެށިގެން މި މަގުގައި އެއްވެސް ފަރާތަކުން ޕާކު ނުކުރުމަށް ދަންނަވަމެވެ.

        މިނިވަންދުވަހުގެ ހަރަކާތްތައް ހިންގުމަށްޓަކައި 27 ޖުލައި 2025 ގައި ފޭދޫ ލިންކް ރޯޑު (ޗަނބޭލީ ހިނގުން އޯކަމްވިލާ ކަންމަތިން ފެށިގެން ސިޓީ ފިއުލް އާއި ހަމަޔަށް) ބަންދުކޮށް މި ސަރަޙައްދަކީ އެދުވަހުގެ 19:30 އިން ފެށިގެން 00:00 އާއި ހަމަޔަށް ހިނގައި އުޅޭ ސަރަޙައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 27 ޖުލައި 2025 ވަނަ ދުވަހުގެ 19:00 އިން ފެށިގެން މި ސަރަޙައްދުގައި އެއްވެސް ފަރާތަކުން ޕާކު ނުކުރެއްވުމަށް ދަންނަވަމެވެ.

        ވީމާ، މިކަން ޢާއްމުކޮށް އަންގައި ޢިއުލާން ކުރީމެވެ.

27 މުޙައްރަމް 1447ހ.

22 ޖުލައި 2025މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2025/458

ޕަބްލިޝް ކުރި ތާރީޚް: 22-07-2025

ސުންގަޑި: 2025-07-28 00:00:00