އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ އ.ތ.މ ކޮމެޓީއިން ބާއްވާ 3 ވަނަ "ފަހެލި ބޫޓް ކޭމްޕް 2025" ހުޅުމީދޫ ބައިވެރިން ހޯދުމަށް ކުރެވިފައިވާ އިޢުލާނުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

31 ޖުލައި 2025     1 month ago


އިޢުލާން
 

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ "ފަހެލި ބޫޓް ކޭމްޕް 2025" (3 ވަނަ ޕްރޮގްރާމް) ހުޅުމީދޫ ބައިވެރިން ހޯދުމަށް  ކުރެވިފައިވާ އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

        އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ ހުޅުމީދޫގައި "ފަހެލި ބޫޓް ކޭމްޕް 2025" ގެ ނަމުގައި ބޫޓް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައެވެ. އަދި މިކޭމްޕް ބޭއްވިގެންދާނީ 09 އޮގަސްޓް 2025 ން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށެވެ.

        ވީމާ "ފަހެލި ބޫޓް ކޭމްޕް 2025" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2025 ން 05 އޮގަސްޓް ގެ ނިޔަލަށް ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ބޫޓް ކޭމްޕްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރު 9336787 އަށް ގުޅުއްވުން އެދެމެވެ.

06 ޞަފަރު 1447

31 ޖުލައި 2025



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2025/04

ޕަބްލިޝް ކުރި ތާރީޚް: 31-07-2025

ސުންގަޑި: 2025-08-05 12:00:00