އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް ޤާއިމުކުރުމާއި ގުޅޭ

10 ސެޕްޓެމްބަރ 2025     1 month ago


އިޢުލާން

 

ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް ޤާއިމުކުރުމާއި ގުޅޭ

               ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގެވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތާއި ގުޅިގެން ދަންނަވަމެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވުނު ދިރާސާގައި ސޯޝަލް ހައުސިންގެ ޔުނިޓްތަކުގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިންގ ޔުނިޓްތައް ޤާއިމުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދިފައިވާތި، ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައެވެ.

                  ވުމާއިއެކު، މިމަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ އައްޑޫސިޓީގެ ހުރިހާ އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް 30 ސެޕްޓެމްބަރ 2025ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ފުރުއްވުން އެދެމެވެ.   

                 މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތިރީގައި ދެންނެވިފައިވާ ނަމްބަރުތަކުން ރަސްމީގަޑީގައި މަޢުލޫމާތު ލިބިވަޑައިގަންނަވާނޭ ވާހަކަ ދަންނަވަމެވެ.

ސ.ހިތަދޫ: 6885003          ސ.މަރަދޫ: 6890096          ސ.މަރަދޫފޭދޫ: 6891523

ސ.ފޭދޫ: 6892018           ސ.ހުޅުދޫ: 6894728          ސ.މީދޫ:    6895557   

 ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

ލިންކް: https://forms.cloud.microsoft/r/8RcRc6khwQ

18 ރަބީޢުލްއައްވަލް  1447ހ.

10   ސެޕްޓެމްބަރ  2025މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2025/528

ޕަބްލިޝް ކުރި ތާރީޚް: 10-09-2025

ސުންގަޑި: 2025-09-30 10:00:00