"އައްޑޫ އެވޯޑް 2016"
"އައްޑޫ އެވޯޑް 2016" ޙަފްލާއަށް ބޭނުންކުރާ ތިރީގައި މިވާ ތަކެތި މިއިދާރާއިން ކަނޑައަޅާ ޑިޒައިނަކަށް ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
- ބެކްޑްރޮޕް
- ޝީލްޑް
- ބެޖް
- ހަނދާނީ ލިޔުން
- މެޑަލް
- ދައުވަތު ކާޑު.
މިފަދަ ތަކެތި މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް ތައްޔާރުކޮށް ދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2016، ޑިސެންބަރު 26 ވާ ހޯމަ ދުވަހު 11.00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017، ޖަނަވަރީ 01 ވާ އާދިއްތަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
21 ރަބީޢުލް އައްވަލު 1438
20 ޑިސެންބަރު 2016