އިޢުލާން
ދިވެހި ބޭސްވެރިންގެ ދަފްތަރު އެކުލަވާލުމަށް މަޢުލޫމާތު ހޯދުން:
ދިވެހިރާއްޖޭގެ ބޭސްވެރިންގެ ޖަމްޢިއްޔާއިން ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށްޓަކައި، ބޭސްވެރިންގެ ތަފްޞީލީ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.
ވީމާ، ހިތަދޫ އަވަށުގައި ދިވެހިބޭސްވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން 2025 އޮކްޓޯބަރ 14 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، https://forms.office.com/r/JUG36ZDzpM?origin=lprLinkލިންކްގައިވާ ފޯމު ފުރިހަމަކޮށް ދެއްވުން އެދެމެވެ.
މި ފޯމުގެ ޒަރީޢާއިން އެއްކުރެވޭ މަޢުލޫމާތަކީ، ހަމައެކަނި މި ދަފްތަރު އެކުލަވާލުމަށާއި، ދިވެހި ބޭސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައި ދެންނެވީމެވެ.
20 ރަބީޢުލްއާޚިރު 1447
12 އޮކްޓޯބަރ 2025