އިޢުލާން
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 މުބާރާތް
އައްޑޫ ސިޓީގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އައްޑޫ ސިޓީ ކައުންސިލުން ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވެއެވެ. މި މުބާރާތުގެ އަމާޒަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުމެވެ.
އެގޮތުން " އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 " ގެ ނަމުގައި ފުޓްބޯޅަ މުބާރާތް 2025 ނޮވެންބަރު 15 ގައި އައްޑޫ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން ރެޖިސްޓަރ ވުމުގެ ފުރުސަތު 2025 އޮކްޓޯބަރު 12ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮކްޓޯބަރު 21 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
ރަޖިސްޓަރ ވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމުގެ ލިންކް:
https://forms.gle/HhKxAgPn4advRCLe9
20 ރަބީއުލްއާޚިރު 1447
12 އޮކްޓޯބަރު 2025