އިޢުލާން
އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025 މުބާރާތަށް ކެންޓީންގެ ފުރުސަތު ހުޅުވާލުން
އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025" ގެ ނަމުގައި 22 ނޮވެމްބަރު 2025 ވަނަ ދުވަހުން ފެށިގެން ހިތަދޫ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އެހެންކަމުން، މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމް ސަރަހައްދުގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 02 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމު 2025 ނޮވެމްބަރު 12 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފުރިހަމަކުރެއްވުމަށް އެދެމެވެ.
ވަގުތު ހަމަވާއިރު އެއް ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 2 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި އިދާރާއިންނެވެ. އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ޓެންޓާއި ކަރަންޓުގެ ޚިދްމަތް މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
ކެންޓީންގެ ޚިދްމަތްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމުގެ ލިންކް: https://forms.gle/PnfcPg1V39HrH4Mb8
14 ޖުމާދުލްއޫލާ 1447
05 ނޮވެމްބަރު 2025

