އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގެ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާގުޅޭ

19 ނޮވެމްބަރ 2025     1 week ago


އިޢުލާން

 

އައްޑޫސިޓީގެ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެއެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާގުޅޭ

އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރުންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ ދަރުމައަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އައްޑޫސިޓީ ހިތަދޫ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް އޮންލައިން ފޯމު ފުރިހަމަކޮށް ފޮނުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވުމުގެ އިތުރުން، ހިތަދޫ އަވަށުއޮފީހުގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

އޮންލައިން ފޯމް ލިންކް:

https://forms.office.com/r/pEqjZspZCV

26 ޖުމާދަލްއޫލާ 1447

17 ނޮވެންބަރ 2025

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2025/604

ޕަބްލިޝް ކުރި ތާރީޚް: 19-11-2025

ސުންގަޑި: 2025-12-19 14:00:00