އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަސްލާ އެއްގޮތް ކަމުގެ ތައްގަނޑުޖަހއިދިނުމުގެ ޙިދުމަތުން ފީ ނެގުމާ ގުޅޭ

22 ޑިސެމްބަރ 2016     7 years ago


އައްޑޫސިޓީ ކައުންސިލުން ދެމުންގެންދާ އެޓެސްޓުކުރުން ނުވަތަ އެކިއެކި ލިޔުންތަކުގައި އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑުޖަހައި ދިނުމުގެ ޚިދުމަތުން ފީނެގުމާއި ގުޅޭ

 

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 80 ވަނަ މާއްދާގެ ދަށުން، އައްޑޫސިޓީ ކައުންސިލުން ދެމުންގެންދާ އެޓެސްޓުކުރުން ނުވަތަ އެކިއެކި ލިޔުންތަކުގައި އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑުޖަހައި ދިނުމުގެ ޚިދުމަތުން ފީނެގުމަށް 06 ޑިސެންބަރު 2016 ވަނަ ދުވަހު ބޭއްވުނު އައްޑޫސިޓީ ކައުންސިލްގެ 46 ވަނަ ޖަލްސާއިން ނިންމަވައި އެފަދަ ލިޔުންތަކުން ފީނަގާނެ ގޮތުގެ އުޞޫލެއް ވަނީ ފާސްކޮށްފައެވެ.

އެގޮތުން 01 ޖަނަވަރީ 2017 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޓެސްޓު ކުރަން ނުވަތަ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމަށް ހުށަހަޅޭ ކޮންމެ ލިޔުމަކުން 02 ރުފިޔާގެ ފީއެއް ނެގުމަށްވަނީ ނިންމަވާފައެވެ. ދެންނެވިފައިވާ އުޞޫލާއި މިޚިދުމަތަށް އެދޭ ފޯމު މިއިދާރާގެ ވެބްސައިޓު (www.adducity.gov.mv/downloads) އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ޚިދުމަތަށް އެދޭ ފޯމު މިއިދާރާ އާއި އަވަށު އަވަށު އޮފީސްތަކުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. ވީމާ، މިކަން އާއްމުކޮށް އަންގައި އިއުލާންކުރީމެވެ.

 

 

23 ރަބީޢުލްއައްވަލު  1438 

22 ޑިސެންބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2016/26

ޕަބްލިޝް ކުރި ތާރީޚް: 22-12-2016

ސުންގަޑި: 2017-01-01 14:00:00