އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސ. ހިތަދޫ ސެވެންސްޓަރ ގޯއްޗާއި ޝަޒާ ގޯތި ދެމެދުގައިވާ އަމާން ގޯޅި ތެރޭގައިވާ ތަކެތި ނަގައި ހުސްކުރުމާއި ގުޅޭ

7 ޖެނުއަރީ 2026     2 days ago


އިޢުލާން

        ސ. ހިތަދޫ ސެވެންސްޓަރ ގޯއްޗާއި ޝަޒާ ގޯތި ދެމެދުގައިވާ އަމާން ގޯޅި ތެރޭގައިވާ ތަކެތި ނަގައި ހުސްކުރުމާއި ގުޅޭ

ސ. ހިތަދޫ ސެވެންސްޓަރ ގޯއްޗާއި ޝަޒާ ގޯތި ދެމެދުގައިވާ "އަމާން ގޯޅި" ތެރޭގައި އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ ތަކެއްޗެއް ބަހައްޓާފައިވާނަމަ، 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ ކުރިން އެތަކެތި ނަގައި، ގޯޅިތެރެ ހުސްކުރުމަށް އަންގައި އިޢުލާން ކުރަމެވެ.

11 ޖަނަވަރީ 2026 ގެ ފަހުން މި ގޯޅިތެރޭގައި ނުނަގައި ހުރި ތަކެތި، ހިތަދޫ އަވަށު އޮފީހުގެ ފަރާތުން ނަގައި ގޯޅިތެރެ ސާފުކުރާނެ ވާހަކަ ދެންނެވީމެވެ. މިގޮތުން ގޯޅި ސާފުކުރުމުގެ މަސައްކަތުގެ ތެރޭގައި، އެތަނުން ނުނަގައި ހުރި އެއްވެސް މުދަލަކަށް ލިބޭ އުނިކަމަކަށް ނުވަތަ ގެއްލުމަކަށް ހިތަދޫ އަވަށު އޮފީހުން ޒިންމާ ނުނަގާނެ ވާހަކަވެސް މި ފުރުޞަތުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18   ރަޖަބް 1447

07 ޖަނަވަރީ 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2026/12

ޕަބްލިޝް ކުރި ތާރީޚް: 07-01-2026

ސުންގަޑި: 2026-01-11 14:00:00