އިޢުލާން
ބޭނުންނުކުރެވޭ ޙާލަތުގައިވާ މުޞްޙަފްތައް ރައްކާތެރި ގޮތުގައި ނައްތާލުން:
ގިނަދުވަސްވުމުގެ ސަބަބުން ބާވެ ބޭނުންނުކުރެވޭ ޙާލަތުގައި ވާ މުޞްޙަފްތައް ރައްކާތެރި ގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް، މި އިދާރާއިން ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަލްމަނާރު ޖަމްޢިއްޔާ ގުޅިގެންނެވެ. އައްޑޫ ސިޓީގެ ހުރިހާ ގެތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ސްކޫލްތަކާއި މިސްކިތް ފަދަ ހުރިހާ ތަނެއްގައި ވާ ބާވެ ދުވަސްވެފައިވާ މުޞްޙަފްތައް މި ޕްރޮގްރާމުގެ ދަށުން ނައްތާލުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.
- މުޞްޙަފްތައް ބަލައިގަތުމުގެ މުއްދަތު: 2026 ޖަނަވަރީ 08 އިން 22 ގެ ނިޔަލަށް
- މުޞްޙަފްތައް ބަލައިގަންނަ ވަގުތު: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 09:00 އިން 13:30 ގެ ނިޔަލަށް
ވީމާ، މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުން ވެސް ހިއްޕެވުމަށް އިލްތިމާސްކުރުމާއިއެކު، ގިނަދުވަސްވުމުގެ ސަބަބުން ބޭނުންނުކުރެވޭ ޙާލަތުގައިވާ ބާވެފައިވާ މުޞްޙަފްތަކާއި ކީރިތި ޤުރުއާނުގެ ވީދިފައިވާ ވަކިވަކި ގަނޑުތައް، އިސްވެ ދެންނެވުނު މުއްދަތުގައި، އެ އަވަށެއްގެ އަވަށު އޮފީހާއި ޙަވާލުކޮށް ދެއްވުމަށް ދެންނެވީމެވެ.
19 ރަޖަބު 1447
08 ޖަނަވަރީ 2026

