އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ރޯދަ ކާނިވަލް

8 ޖެނުއަރީ 2026     1 day ago


އިޢުލާން

އައްޑޫސިޓީ ރޯދަ ކާނިވަ

އައްޑޫސިޓި ކައުންސިލުން އިންތިޒާމްކޮށްގެން 2026 ފެބްރުއަރީ 01 އިން 2026 ފެބްރުއަރީ 15 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި "ރޯދަ ކާނިވަލް" ނަމުގައި ބާޒާރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ކާނިވަލްގައި ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ބާޒާރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބާޒާރުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ކޮށްފައިވާ ތަކެއްޗެވެ. 

މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 10 ފޫޓް 10 ފޫޓްގެ ސްޓޯލެއް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވެއެވެ. 15 ދުވަހުގެ މުއްދަތަށް ހިންގޭ މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1500/- ރުފިޔާ ފީއެއްގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. 

ވީމާ، މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ އިތުރު ފަރާތްތަކަށް ފުރުސަތު ދޭން ބޭނުންވާތީވެ، 2026 ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ގޫގުލް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާކަމަށް ދަންނަވަމެވެ.

ސްޓޯލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ގޫގުލް ފޯމުގެ ލިންކް:

https://forms.gle/oizYQJXbuY77sMac6

19 ރަޖަބު 1447

08 ޖެނުއަރީ  2026

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2026/13

ޕަބްލިޝް ކުރި ތާރީޚް: 08-01-2026

ސުންގަޑި: 2026-01-15 14:00:00