އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - 2026 ނައިޓް މާކެޓް ބޭއްވުމާ ގުޅޭ

22 ޖެނުއަރީ 2026     1 week ago


އިޢުލާން

2026 ނައިޓް މާކެޓް ބޭއްވުމާއި ގުޅޭ:

               ފޭދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން 29 ޖަނަވަރީ 2026 އިން 31 ޖަނަވަރީ 2026 އަށް ފޭދޫ ބަނދަރުގައި ނައިޓް މާކެޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިނައިޓް މާކެޓްގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ނައިޓްމާކެޓްގައި ވިއްކޭނީ ކާނާގެ ބާވަތް ނޫން ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަކޮށްފައިވާ އެހެނިހެން ތަކެއްޗެވެ.

              ނައިޓް މާކެޓްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ކުރިން ރަސްމީ ގަޑީގައި (08:00–14:00) އޮފީހުގެ ވައިބަރ ނަންބަރަށް (7789044) ނަމާއި އައިޑީ ކާޑުކޮޕީ އަދި ވިޔަފާރި ހުއްދައިގެ ކޮޕީ ވައިބަރކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

03 ޝަޢުބާން 1447

22 ޖަނަވަރީ 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2026/23

ޕަބްލިޝް ކުރި ތާރީޚް: 22-01-2026

ސުންގަޑި: 2026-01-26 14:00:00