އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން

29 ޖެނުއަރީ 2026     4 days ago


އިޢުލާން

 

ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ 1518ނަންބަރ ވޭން 1604 ނަންބަރ ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވިފައިވާ ނަންބަރ: (IUL)426-CA/426/2025/618 (02 ޑިސެމްބަރ 2025 )  އިޢުލާނަށް އެއްވެސް ފަރާތުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، ނީލަން ފަށާއަގަށް ބަދަލުގެނެސް އަލުން ނީލަން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 ފެބުރުވަރީ 2026 ދުވަހުން ފެށިގެންނެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން  އަގު ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ، " NL04  ސިޓީން އަގުހުށަހަޅާ ފޯމު" ފުރިހަމަކޮށް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކޮންމެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް؛ [email protected] އަށް މެއިލް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި މެންދުރު 12:00 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސްބޯޑްގައާއި، ފޭސްބުކް ޕޭޖްގައި ޢާއްމު ކުރެވޭނެއެވެ.

ވެހިކަލް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 11:00 ށް މިއިދާރާއަށް ވަޑައިގަތުމުން ވެހިކަލް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.

ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ.  ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭދުވަހުން ފެށިގެން ރަސްމީ 05 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކެވުމުން ވެހިކަލް އެފަރާތާއި ޙަވާލު ކުރެވޭނެއެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީއަގު ހުށަހެޅިފަރާތަށް އެފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ.

ވެހިކަލް ނަންބަރ

ނީލަން ފަށާއަގު

ނީލަމަށް އިތުރުކުރެވޭނެ އެންމެ ކުޑައަގު

B1A 1604  ކާރު

15,000.00 ރުފިޔާ

1,500.00 ރުފިޔާ

B1B 1518 ވޭން

30,000.00 ރުފިޔާ

1,500.00 ރުފިޔާ

 

10   ރަޖަބު  1447

29 ޖަނަވަރީ   2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2026/34

ޕަބްލިޝް ކުރި ތާރީޚް: 29-01-2026

ސުންގަޑި: 2026-02-06 14:00:00