އިޢުލާން
އައްޑޫ ސިޓީގެ ޢާއްމުތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ގުޅޭ.
2026 ވަނައަހަރު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބާއި،އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން ރަށުތެރޭގައި ހަރުކުރެވޭ ޕޯސްޓަރތަކާއި، ބެނާތައް ދެމުމުގައި މި އިދާރާއިން ކަނޑައަޅާފައިވާ، " އައްޑޫސިޓީގެ އަވައްތަކުގެ މަގުމަތީގައި އިޢުލާނާއި، އިޝްތިހާރު ހަރުކުރުމުގެ އުޞޫލު، (ނަންނަބަރ: 06/2024 ) ގެމަތީނން ޢަމަލުކުރައްވަމުން ގެންދެވުމަށް ހަނދުމަކޮށް އަރުވަމެވެ. މި އުޞޫލާއި ޚިލާފަށް މަގުމަތީގައި ހަރުކުރެވޭ ޕޯސްޓަރ ތަކާއި ބެނާތައް މިއިދާރާއިން ނަގަމުންދާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޝަޢުބާން 1447
02 ފެބުރުވަރީ 2026

