އިޢުލާން
މަސްދަޅު ކޭސް ބެހުމާއި ގުޅޭ:
1447 ވަނަ އަހަރު ރަމަޟާން މަހާއި ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ކުރުމަށް ހަމަޖައްސަވާފައިވާ މަސްދަޅުކޭސް ތަކުގެ ތެރެއިން، ސ.ފޭދޫގައި މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން މިހާރު ޙަވާލުނުވެހުރި މަސްދަޅު ކޭސްތައް 08 ފެބުރުވަރީ 2026 އިން 12 ފެބުރުވަރީ 2026 އަށް ރަސްމީ ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް ފޭދޫ އަވަށު އޮފީހުން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މަސްދަޅުކޭސްތައް ބަލާ އަންނަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
މަސްދަޅު ކޭސް ބަލާ ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑް ފޮޓޯ އާއި ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ މެސެޖެއް މިއޮފީހުގެ ނަންބަރ 7789044 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.
16 ޝަޢުބާން 1447
04 ފެބުރުވަރީ 2026

