އިޢުލާން
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވި މަސްދަޅުކޭސް ހިތަދޫގެ ގޭބިސީތަކަށް ބެހުމާއިގުޅޭ:
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވި މަސްދަޅުކޭސް ހިތަދޫގެ ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް 2026 ފެބުރުވަރީ 05 އިން 2026 ފެބުރުވަރީ 07 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަސްދަޅު ކޭސް ހޯދުމަށް mascase.adducity.gov.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ލިބިލައްވާ ކިއު.އާރު ކޯޑާއިއެކު ވަޑައިގަތުމަށް ދަންނަވަމެވެ. މަސްދަޅުކޭސްތައް ދޫކުރުމަށް ހަމަ ޖެހިފައިވަނީ ހިތަދޫ އަވަށު އޮފީހުނާއި ހިތަދޫ ކޮމިއުނިޓީ ސެންޓަރުންނެވެ.
ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
05 ފެބުރުވަރީ 2026 (ބުރާސްފަތި) - 09:00 އިން 18:00 އަށް އަދި 20:00 އިން 23.00 އަށް
06 ފެބުރުވަރީ 2026 (ހުކުރު) -14:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް
07 ފެބުރުވަރީ 2026 (ހޮނިހިރު) – 09:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
16 ޝަޢުބާން 1447
04 ފެބުރުވަރީ 2026

