އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން- އައްޑޫ ނޭޗަރ ޕާކުގެ ބަގީތަކާއި ބައިސްކަލްތައް ރޫޓިންކޮށް މެއިންޓެނެންސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

12 ފެބުރުއަރީ 2026     10 hours ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. އައްޑޫ ނޭޗަރ ޕާކުގެ ބަގީތަކާއި ބައިސްކަލްތައް ރޫޓިންކޮށް މެއިންޓެނެންސްކޮށްދިނުމުގެ މަސައްކަތް،01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2026 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމަޔަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected] ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2026 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 16:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 ފެބުރުވަރީ 25 ވާ ބުދަ ދުވަހުގެ 11:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
  5. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް:

[email protected]

12 ފެބުރުވަރީ 2026

24 ޝައުބާން 1447



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2026/56

ޕަބްލިޝް ކުރި ތާރީޚް: 12-02-2026

ސުންގަޑި: 2026-02-19 13:00:00