އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގެ އަވަށްތަކުގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭ

17 މާރޗް 2026     11 hours ago


އިޢުލާން

 

އައްޑޫސިޓީގެ އަވަށްތަކުގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭ
އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން  ހިތަދޫ އާއި ފޭދޫ ފިޔަވައި  އެހެން އަވަށްތަކުގައި 1447ވަނަ  އަހަރުގެ ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ  އެއަވަށެއްގެ ހުކުރު ކުރާ  މިސްކިތް ތަކުގައެވެ. ފޭދޫގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ  މަސްޖިދުލް އަމާންގެ  އިތުރަށް ޓާފް ފުޓްބޯލް ދަނޑު(ބޮޑު ޖަމާޢަތް)ގައެވެ. ހިތަދޫގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ސިޓީ ސްކެއަރ (ބޮޑު ޖަމާޢަތް) ގެ އިތުރުން ތިރީގައި މިވާ މިސްކިތް ތަކުގައެވެ. ޢީދު ނަމާދު ފަށާގޮތަށް ހަމަޖެހިފައި ވަނީ ޢީދު ދުވަހުގެ ހެނދުނު 7:00ގައެވެ. 

ހިތަދޫ:

1-މަސްޖިދުއްޝޫރާ.

2-މަސްޖިދުލް އިކްރާމް.

3-މަސްޖިދުއް ޒިކުރާ.

4-ހުކުރުމިސްކިތް.

5-މަސްޖިދުއް ތަޤްވާ.

މޫސުމަށް އަންނަ ބަދަލަކާއިގުޅިގެން ބޮޑު ޖަމާޢަތް ކެންސަލްކުރަން ޖެހިއްޖެނަމަ ހިތަދޫ އާއި ފޭދޫގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ފިޠުރު ޢީދު ނަމާދު ކުރުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ރަމަޟާން 1447

17 މާރިޗް 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2026/81

ޕަބްލިޝް ކުރި ތާރީޚް: 17-03-2026

ސުންގަޑި: 2026-03-20 13:27:00