އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މި އިދާރާގެ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 02 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

24 މާރޗް 2026     11 hours ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި އިދާރާގެ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 މާރިޗު 25 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2026 މާރިޗު 30 ވާ ހޯމަ ދުވަހުގެ 13:00 އާއި ހަމަޔަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 މާރިޗު 25 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2026 މާރިޗު 30 ވާ ހޯމަ ދުވަހުގެ 16:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 އެޕްރީލް 07 ވާ އަންގާރަ ދުވަހުގެ 09:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
  5. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

05 ޝައްވާލް 1447

24 މާރިޗު 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2026/83

ޕަބްލިޝް ކުރި ތާރީޚް: 24-03-2026

ސުންގަޑި: 2026-03-30 13:00:00