އިޢުލާން
އައްޑޫސިޓީގައި ހަލުވިކަމާއި އެކު ޑެންގީ ހުން ފެތުރެމުންދާތީ، ފަޅު ގޯތިތައް ސާފު ކުރުމާއި ގުޅޭ
އައްޑޫސިޓީގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، 2026 އޭޕްރީލް 18 ވާ ހޮނިހިރު ދުވަހު މުޅި ސިޓީގައި ސާފުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، އައްޑޫސިޓީގެ ހުރިހާ އަވަށެއްގެ ފަޅު ގޯތިތަކުގެ ވެރިފަރާތްތަކާއި، އެފަދަ ގޯތިތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުން، 2026 އޭޕްރީލް 23ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ތަންތަނުގައި ހުރި ކުނިބުނިތަކާއި، ފެން ހަރުލާ ފަދަ ތަކެތި ނައްތާލައި، ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސް ކުރަމެވެ. މިކަމުގައި ހުރިހާ ރައްޔިތުންނާއި، މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
26 ޝައްވާލު 1447
14 އޭޕްރީލް 2026

