އިޢުލާން
ކަދުރު ބެހުމާއި ގުޅޭ:
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު މިއޮފީހަށްވަނީ ލިބިފައެވެ. މިގޮތުން މިއަހަރު މިއަވަށަށް ލިބިފައިވަނީ 720 ޕެކެޓް ކަދުރެވެ. ކަދުރު ބެހުމަށް ނިންމާފައިވަނީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އުޞޫލާއި އެއްގޮތަށް، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ބަހާ ގޮތަށެވެ.
ކަދުރު ބަހަން ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ:
ތާރީޚް: 19 މޭއި 2026 އިން 21 މޭއި 2026 އަށް
ގަޑި: ރަސްމީ ދުވަހު ހެނދުނު 09:00 އިން 12:00 އަށް
ވީމާ، ކަދުރު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އައިޑީކާޑު އަދި ގޭގެ ކަރަންޓުމީޓަރ ނަންބަރު އެނގޭނެ ލިއުމެއް ގެންނެވުން އެދެމެވެ.
01 ޛުލްޙިއްޖާ 1447
18 މޭއި 2026

