އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ އީދިސަމާ 1447 ހަރަކާތްތަކުގެ ތެރެއިން އީދި ގަލާ ޓްރެޝަރ ހަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

18 މޭއި 2026     17 hours ago


އިޢުލާން

"އައްޑޫ އީދިސަމާ 1447" ހަރަކާތްތަކުގެ ތެރެއިން އީދި ގަލާ ޓްރެޝަރ ހަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 މެއި 2026 އިން 30 މެއި 2026ގެ ނިޔަލަށް ބަހާލައިގެން އައްޑޫސިޓީގައި "އައްޑޫ އީދި ސަމާ 1447" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން "އީދިގަލާ ޓްރެޝަރ ހަންޓް" ގެ ނަމުގައި ޓްރެޝަރ ހަންޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖުމްލަ 5 މީހުންގެ މައްޗަށް ހިމެނޭ 12 ޓީމަށެވެ. މި ހަރަކާތުގައި ބައިވެރިވާ ޓީމް މެންބަރުންނަކީ ގިނަވަގުތު ހަރަކާތްތެރިވެވޭ ވަރުގެ ފަރާތްތަކަށް ވާންޖެހޭނެއެވެ. މިމުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:

1 ވަނަ އިނާމު: 20،000 ރުފިޔާގެ ފާއިސާގެ އިނާމް

2 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް

3 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް

މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ހަރަކާތުގެ އުސޫލު މި އިއުލާނާއެކު ހިމަނާފައިވާނެއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 25 މެއި 2026 ވާ  ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. މި ހަރަކާތުގެ ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މި އިއުލާނާއި އެކު އެކުލަވާލެވިފައިވާ އޮންލައިން ގޫގުލް ފޯމުންނެވެ.

މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  

 

01 ޛުލްޙިއްޖާ 1447

18 މެއި 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2026/147

ޕަބްލިޝް ކުރި ތާރީޚް: 18-05-2026

ސުންގަޑި: 2026-05-25 16:40:00