އިޢުލާން
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުމާއި ގުޅޭ
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ހިތަދޫ އަވަށު އޮފީހަށްވަނީ ލިބިފައެވެ. މިގޮތުން މިއަހަރު މިއަވަށަށް ލިބިފައިވަނީ 1672 ޕެކެޓް ކަދުރެވެ. ކަދުރު ބެހުމަށް ނިންމާފައިވަނީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އުޞޫލާއި އެއްގޮތަށް، ހިތަދޫގެ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ބަހާ ގޮތަށެވެ.
ކަދުރު ބަހަން ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ:
ތާރީޚް: 24 މޭއި 2026 އިން 25 މޭއި 2026 އަށް
ގަޑި: ހެނދުނު 09:00 އިން 12:00 އަށް
މެންދުރުފަހު 14:00 އިން 16:00 އަށް
ވީމާ، ކަދުރު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އައިޑީކާޑު އަދި ގޭގެ ކަރަންޓު މީޓަރ ނަންބަރު އެނގޭނެ ލިއުމެއް ގެންނެވުން އެދެމެވެ.
03 ޛުލްޙިއްޖާ 1447
20 މޭ 2026

