އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު މަރަދޫގެ ގޭބިސީތަކަށް ބެހުމާ ގުޅޭ

21 މޭއި 2026     12 hours ago


އިޢުލާން

 

ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު މަރަދޫގެ ގޭބިސީތަކަށް ބެހުމާ ގުޅޭ

        1447 ވަނަ އަހަރު ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން، މަރަދޫގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު މި އޮފީހަށް މިހާރު ވަނީ ލިބިފައެވެ.

        މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް، މި އަވަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ވަޑައިގަންނަވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓްގެ މަގުންނެވެ.

ކަދުރު ދޫކުރުމަށް ހަމަޖެހިފައިވާ ތަފުސީލު:

  • ތާރީޚު: 21 މެއި 2026 އިން ފެށިގެން
  • ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް
  • ތަން: މަރަދޫ އަވަށު އޮފީސް

        ވީމާ، ކަދުރާ ޙަވާލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން މަރަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

04 ޛުލްޙީއްޖާ 1447

21 މެއި  2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3A/426/2026/151

ޕަބްލިޝް ކުރި ތާރީޚް: 21-05-2026

ސުންގަޑި: 2026-05-28 09:32:00