އިޢުލާން
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާ ގުޅޭ
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން މަރަދޫފޭދޫއަށް ލިބިފައިވާ 256 ޕެކެޓް ކަދުރުގެ ތެރެއިން ނުނަގާ ހުރި 124 ޕެކެޓް ކަދުރު ދޫކުރުން، 02 ޖޫން 2026 ވާ އަންގާރަ ދުވަހުން ފެށިގެން 07 ޖޫން 2026 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ލަފާދެއްވާފައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ފަރާތްތަކުގެ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކަމުގައި ދަންނަވަމެވެ. އަދި ކޮންމެ ގޭބިސީއަކަށްވެސް އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި ދޫކުރެވޭނީ 01 ޕެކެޓް ކަދުރު ކަމުގައިވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 ޛުލްޙިއްޖާ 1447
02 ޖޫން 2026

