އިޢުލާން
ކަދުރު ބެހުމާއި ގުޅޭ
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރުން މި އަވަށަށް މިހާރު ނުބެހި ހުރި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ކަދުރު ބެހުމަށް ނިންމާފައިވަނީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އުޞޫލާއި އެއްގޮތަށް، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ބަހާ ގޮތަށެވެ.
ކަދުރު ބަހަން ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ:
ތާރީޚް: 03 ޖޫން 2026 އިން ފެށިގެން
ގަޑި: ރަސްމީ ދުވަހު ހެނދުނު 09:00 އިން 12:00 އަށް
ވީމާ، ކަދުރު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އައިޑީކާޑު އަދި ގޭގެ ކަރަންޓުމީޓަރ ނަންބަރު އެނގޭނެ ލިއުމެއް ގެންނެވުން އެދެމެވެ.
16 ޛުލްޙިއްޖާ 1447
02 ޖޫން 2026

