އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ އަމާން ގޯޅީގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ ނެގުމާ ބެހޭ

18 ޖޫން 2026     8 hours ago


އިޢުލާން

ހިތަދޫ އަމާން ގޯޅީގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ ނެގުމާ ބެހޭ

                       ހިތަދޫ ޝަޒާ ގޯތީގެ އުތުރުން އޮންނަ އަމާން ގޯޅީގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ މި އިޢުލާނު ކުރާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ހިމެނޭގޮތަށް) އެތަކެތި ނެންގެވުމަށް ދަންނަވަމެވެ.

                       މި މުއްދަތުގެ ތެރޭގައި ތަކެތި ނަގާފައި ނުވާނަމަ، ގަވާއިދު ނަންބަރު: 2019/R-984 "ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެ ތަކެތި ނެގުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާނެއެވެ. އަދި މިގޮތަށް ނެގުމުގެ ތެރޭގައި އެއްވެސް އެއްޗަކަށް ލިބިދާނެ ގެއްލުމަކަށް މިއޮފީހުން ޒިންމާ ނުވާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 މުހައްރަމް 1448

18 ޖޫން 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2026/171

ޕަބްލިޝް ކުރި ތާރީޚް: 18-06-2026

ސުންގަޑި: 2026-06-24 23:59:00