އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޅު ގޯތިތަކާއި، މީހުން ދިރިއުޅޭ ގެ ތަކާއި، ކުލީ ބިންތައް އިންވެގެން އޮންނަ ބިންތައް ސާފު ކުރުން

21 ޖޫން 2026     2 hours ago


އިޢުލާން

ފަޅު ގޯތިތަކާއި، މީހުން ދިރިއުޅޭ ގެ ތަކާއި، ކުލީ ބިންތައް އިންވެގެން އޮންނަ ބިންތައް ސާފު ކުރުން

        މަރަދޫ އަވަށުގައި މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅު ގޯތިތަކާއި، ކުލީ ބިންތަކާއި އެ ބިންތަކާ އިންވެގެން އޮންނަ މަގުތަކުގައި ވަރަށްބޮޑަށް ވިނަފަޅާފައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށް ދަތިވާތީ އާއި އާންމު ޞިއްޙީ އަދި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާތީ އެކަމުގެ ޝަކުވާ މި އޮފީހަށް ދަނީ ލިބެމުންނެވެ. އަދި މިފަދަ ގޯތިތަކާއި މަގުތައް ސާފުކުރުމަށް އެކި ފަހަރުމަތިން މި އޮފީހުން ވާނީ މި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި ގެތަކުގެ ވެރިންނަށް އަންގާފައެވެ.

        ދައުލަތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗަކީ ގޯތި ހަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި އިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯއްޗެއްކަން ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ބިމާބެހޭ ޤާނޫނާއި (ޤާނޫނު ނަންބަރު 01/2002) އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން އެގެންއޮވެއެވެ. އަދި ހަމައެހެންމެ އައްޑޫ ސިޓީ ކައުންސިލްގެ ގަވާއިދު ނަންބަރު 2019/R-987 (މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު) ގެ 03 ވަނަ މާއްދާގައިވާ ގޮތުން "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެ" ކަން ބަޔާންކޮށްފައިވެއެވެ.

        ވީމާ، 2026 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ 18:00 ގެ ކުރިން ސ.މަރަދޫއިން ދޫކޮށްފައިވާ ކުލީބިންތަކާއި، މީހުން ދިރިއުޅެމުންދާ ގޯތިތަކާއި ފަޅު ގޯއްޗާއި އެ ގޯއްޗާއި އިންވެގެން އޮތް މަގުގައި ވިނަނޮޅައި ސާފުކުރުމަށް އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

        މަރަދޫ އަވަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެއްބާރުލުންދެއްވާ، ގޯތިތަކުގެ ވެރިފަރާތްތަކުން އެފަރާތްތަކުގެ ބެލެހެއްޓުމުގެ ދަށުގައިވާ ގޯތިތައް ސާފުކޮށް، މަރަދޫގެ ވެށްޓަކީ ސާފު ރީތި ވެށްޓަކަށް ހެދުމަށް ފަރުދީގޮތުން މަސައްކަތްކޮށް ދެއްވުން އެދި އިލްތިމާސް ކުރަމެވެ. 

06 މުޙައްރަމް 1448

21 ޖޫން 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3A/426/2026/170

ޕަބްލިޝް ކުރި ތާރީޚް: 21-06-2026

ސުންގަޑި: 2026-07-19 18:00:00