އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށް/ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

23 ޖޫން 2026     9 hours ago


އިޢުލާން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށް/ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

        މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ ސާމްޕަލްތަކަށް ބަލައި ހޮވާލެވޭ 05 ފަރާތަކަށް ސްޕޮންސަރގެ ގޮތުގައި އެލެވެންސްއެއް ދިނުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އަންހެން 05 ފަރާތަކަށް ސްޕޮންސަރގެ ގޮތުގައި އެލެވެންސްއެއް ދިނުމަށް ނިންމާފައިވެއެވެ.

        މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން (ރަށް/ސިޓީތަކުގެ ދާއިރާއިން  ވާދަކުރައްވާ  ބައިވެރިން) ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.  

ލިންކް:  https://forms.gle/GU8Ywvv6S2aaCnHS9  

        މައުރަޒާ ގުޅޭ އިތުރު މަޢުލޫމާތާއި މައުރަޒާއި ގުޅޭގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކާއި، ސުވާލުތަކުގެ ޖަވާބު www.expo.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިޢުލާނާއެކު އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ތަކެތި ބައިވެރިކުރާނެ ގިންތި އަދި ކޯޑުތަކުގެ ލިސްޓު އާންމުކުރެވިފައިވާނެއެވެ.

        މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި: 2026 ޖުލައި 05 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00ގެ ކުރިން. 

ނޯޓު: ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 2026 ޖުލައި 23ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

08 މުޙައްރަމް 1448

23 ޖޫން 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2026/172

ޕަބްލިޝް ކުރި ތާރީޚް: 23-06-2026

ސުންގަޑި: 2026-07-05 14:00:00