އިޢުލާން
އިޢުލާން ބާޠިލުކުރުން
ހިތަދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުމަށް 07 އޮގަސްޓް 2025 ގައި ކުރި މި އިދާރާގެ ނަންބަރު: (IUL)426-AE/426/2025/489 އިޢުލާނާ ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުން ފަސްކުރެވިފައިވީ ނަމަވެސް، ކޯޓު އަމުރަކާ ގުޅިގެން މީގެ ތެރެއިން 01 ބިމުގެ ބީލަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލަންޖެހިފައިވުމާއި އަދި މި ބިންތައް ދޫކުރަން އިޢުލާންކުރި ފަހުން ގިނަ ދުވަސްތަކެއް ވެފައިވުމުން ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތުތަކަށް ބަދަލު އަންނާނެތީ މި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށްޓަކައި ނަންބަރު: (IUL)426-AE/426/2025/489 އިޢުލާން ބާޠިލުކޮށް އެކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
14 މުޙައްރަމް 1448ހ.
29 ޖޫން 2026މ.

