އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

5 ޖުލައި 2026     10 hours ago


އިޢުލާން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2026/172 އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

        މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2026/172 ޢިއުލާނާއި ގުޅިގެން ނަން ނޯޓު ކުރުމަށް ބޭނުންވާ އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމަށް ބޭނުންވެއެވެ.

        ވީމާ، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު 2026 ޖުލައި 13ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމުގައި އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

        މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން (ރަށް/ސިޓީތަކުގެ ދާއިރާއިން  ވާދަކުރައްވާ  ބައިވެރިން) ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.  

ލިންކް:  https://forms.gle/GU8Ywvv6S2aaCnHS9  

ފޯމު ހުށަހެޅުމުގެ ސުންގަޑި: 2026 ޖުލައި 13ވާ ހޯމަ ދުވަހުގެ މެންދުރު 14:00ގެ ކުރިން. 

ނޯޓު: ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 2026 ޖުލައި 23ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

20 މުޙައްރަމް 1448

05 ޖުލައި 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2026/194

ޕަބްލިޝް ކުރި ތާރީޚް: 05-07-2026

ސުންގަޑި: 2026-07-13 14:00:00