އިޢުލާން
"ބޮނޑޮގޭ އާޓްގެލެރީ" ގައި ކެފޭއެއް ހިންގުމަށް ހަދާފައިވާ ތަން ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ މަރަދޫ އަވަށުގައި ހުރި "ބޮނޑޮގޭ އާޓްގެލެރީ" ގައި ކެފޭއެއް ހިންގުމަށް އެތަނުގެ ބޭރުގައި ވަކިން ހަދާފައިވާ ޢިމާރާތުގައި ކެފޭއެއް ހިންގުމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތް:
|
ފިޔަވަޅު |
ތަފްޞީލް |
ތާރީޚް، މުއްދަތު އަދި ގަޑި: |
|
ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. |
29 ޖުލައި 2026 އިން 06 އޯގަސްޓް 2026 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް |
|
މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމް ދޫކުރުން |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާ ފޯމު މިއިދާރާއިން މެއިލް ކުރާނެއެވެ. |
29 ޖުލައި 2026 އިން 06 އޯގަސްޓް 2026 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް |
|
އިތުރު މަޢުލޫމާތު ދިނުން |
ބީލަމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް "ބޮނޑޮގޭ އާޓްގެލެރީ" ގައި އޮންނާނެއެވެ. |
09 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 |
|
ބީލަން ހުށަހެޅުން |
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. |
16 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 |
ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
14 ޞަފަރު 1448ހ.
28 ޖުލައި 2026މ.

