ވަޒީފާގެ ފުރުސަތު |
||
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގރ.1 |
ރޭންކް: ޖީ.އެސް 3 |
ބޭނުންވާ ޢަދަދު |
01 (އެކެއް) |
މަޤާމު ނަންބަރު: 252058 |
މުސާރަ |
4465/- ރުފިޔާ |
ސަރވިސް އެލަވަންސް: 1500/- ރުފިޔާ |
އެލަވަންސް ތަކާއި އިނާޔަތްތައް |
އިތުރުގަޑިއާއި ބަންދު ދުވަހުގެފައިސާ "ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު"ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ. |
|
މަޤާމުގެ މަސްއޫލިއްޔަތު |
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ގުޅޭ މަސައްކަތް ކުރުމާއި އެކި އެކި މިނިސްޓްރީތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ކައުންސިލްގެ އިދާރާއަށް ބޭނުންވާއެކި އެކި ރިޕޯޓްތަށް ނެގުމަށް ކައުންސިލްއަށް ދޭންޖެހޭ އެހީތެރިކަން ދިނުން. |
|
މަޤާމުގެ ޝަރުތުތައް |
ބިޒްނަސް / މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން / ލެންގްވިޖް ޔޫޒް، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން:
|
|
ވަޒީފާ އަދާކުރަންޖެހޭތަން |
ހިތަދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: |
|
|
އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚް: |
އިންޓަރވިއުއަށް ޙާޟިރު ވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މިފޯމު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.(އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕުރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ)ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފަރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ)ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ) ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާފޯމް (މިފޯމު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.( އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. |
|
ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން: |
ވަޒީފާއަށް ކުރިމަތި ލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ އެފަރާތްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއި އެކު ޝޯޓްލިސްޓް ކުރެވޭނެއެވެ.މިގޮތުން ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ: 1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން |
|
ސުންގަޑި |
05 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް |
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ. |
||
23 ރަބީޢުލްއައްވަލް 1438 22 ޑިސެންބަރު 2016 |