އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ ހިތަދޫ އަވަށުން 19 ބިން ކުއްޔަށް ދޫކުރުން

13 އޯގަސްޓް 2026     8 hours ago


އިޢުލާން

އައްޑޫ ސިޓީ ހިތަދޫ އަވަށުން  19ބިން ކުއްޔަށް ދޫކުރުން

        ވިޔަފާރީގެ ބޭނުމަށް އައްޑޫސިޓީ ހިތަދޫ އިން ބިން ކުއްޔަށް ހޯދުމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނުގެދަށުން ބިން ދޫކުރަނީ މީލާދީ 20(ވިހި) އަހަރު ދުވަހުގެ މުއްދަތަށެވެ.

ކުއްޔަށް ދޫކުރާ ބިންތަކުގެ ތަފްޞީލު

#

އަވަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

ބިން އޮތްތަން

1

ސ.ހިތަދޫ

KB-4

1500 އަކަފޫޓު

ޢާންމު ވިޔަފާރި

އެޅެދީދީ މަގުގައި އުރީދޫ އެންޓަނާ ކައިރި

2

ސ.ހިތަދޫ

KB-9

1500 އަކަފޫޓު

ޢާންމު ވިޔަފާރި

އެޅެދީދީ މަގުގައި އުރީދޫ އެންޓަނާ ކައިރި

3

ސ.ހިތަދޫ

KB-47

462  އަކަފޫޓު

ޢާންމު ވިޔަފާރި

މެދެއާއިމަގު ހަސަންކާރިގެ އާއި އިންވެގެން

4

ސ.ހިތަދޫ

KB-31

4266 އަކަފޫޓު

ހޯލްސޭލް/ވެއަރ ހައުސް

ހިތަދޫ ބަނދަރު ސަރަޙައްދު

5

ސ.ހިތަދޫ

KB-32

4000 އަކަފޫޓު

ގާ އެޅުމުގެ މަސައްކަތަށް

ހިތަދޫ ބަނދަރު ސަރަޙައްދުގެ އިންޑަސްޓްރިއަލް ޒޯން

6

ސ.ހިތަދޫ

KB-33

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

7

ސ.ހިތަދޫ

KB-34

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

8

ސ.ހިތަދޫ

KB-35

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

9

ސ.ހިތަދޫ

KB-36

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

10

ސ.ހިތަދޫ

KB-37

5626 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

11

ސ.ހިތަދޫ

KB-38

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

12

ސ.ހިތަދޫ

KB-39

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

13

ސ.ހިތަދޫ

KB-40

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

14

ސ.ހިތަދޫ

KB-41

5656 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

15

ސ.ހިތަދޫ

KB-42

5626 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

16

ސ.ހިތަދޫ

KB-43

12976 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

17

ސ.ހިތަދޫ

KB-44

12976 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

18

ސ.ހިތަދޫ

KB-45

49939 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

19

ސ.ހިތަދޫ

KB-46

66384 އަކަފޫޓު

ހެވީ/ލައިޓް އިންޑަސްޓްރިއަލް

ހިތަދޫ ޕޯޓް ސަރަޙައްދުގެ ހިއްކިބިން

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:

ފިޔަވަޅު

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

16 އޮގަސްޓް 2026 އިން 31 އޯގަސްޓް 2026 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް

މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަޢުލޫމާތު ކަރުދާހާއި  ބީލަން ހުށަހަޅާ ފޯމު މިއިދާރާއިން މެއިލް ކުރާނެއެވެ.

16 އޮގަސްޓް 2026 އިން 31 އޯގަސްޓް 2026 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ބީލަން ބަލައިގަތުމާއި ހުޅުވުން އެހެން ތަނެއްގައި ބާއްވާނަމަ އެކަން ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކައުންސިލުން އަންގާނެއެވެ.

15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00

        މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހަޅާ ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ކުއްޔަށް ދޫކުރާ ބިންތައް ފާހަގަވާނެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

        ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

30 ޞަފަރު  1448ހ.

13 އޮގަސްޓް 2026މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2026/275

ޕަބްލިޝް ކުރި ތާރީޚް: 13-08-2026

ސުންގަޑި: 2026-08-31 14:00:00