އިޢުލާން
އައްޑޫސިޓީ ފޭދޫ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމާ ގުޅޭ:
އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އަވަށު މަޝްވަރާ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން ފޭދޫ އަވަށުގެ މަޝްވަރާ ކޮމިޓީ އެކުލަވާލުމަށްޓަކައި މި ކޮމިޓީގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
އެ އަވަށުގެ ކައުންސިލަރުންގެ އިތުރުން ކޮމިޓީއަށް މެމްބަރުން ނެގޭނެ ދާއިރާތަކަކީ:
- ގަވަރނަންސް ދާއިރާ
- އިޤްތިސާދީ ދާއިރާ
- ސިއްޙަތާއި އިޖްތިމާޢީ ދާއިރާ
- ތަޢުލީމާއި މުޢާސަލާތުގެ ދާޢިރާ
- ތިމާވެއްޓާއި ޔުޓިލިޓީސްގެ ދާއިރާ
- ޢުމްރާނީ ތަރައްޤީގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
އެހެންކަމުން މި ކޮމިޓީގެ މެމްބަރުކަމަށް ވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2026 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ އޮންލައިން ފޯމް ފުރުއްވުމަށް ފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށު މަޝްވަރާ ކޮމިޓީގެ އުސޫލު މި ޢިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
އޮންލައިން ފޯމް ލިންކް: https://forms.gle/d9aE8Wpv8jzCpYG66
03 ރަބީއުލްއައްވަލް 1448
16 އޮގަސްޓް 2026

