އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2026 ގައި ބައިވެރިވުމަށް ހުޅުވާލުން

17 އޯގަސްޓް 2026     2 hours ago


އިޢުލާން

 އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2026 ގައި ބައިވެރިވުމަށް ހުޅުވާލުން

            އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، ސިޓީ ފެންވަރުގައި ޤުރްއާން ކިޔެވުމުގެ މުބާރާތެއް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2026" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ސްކޫލްތަކާއި، ޤުރްއާން ކްލާސްތަކާއި، މުއައްސަސާތަކާއި، ޤުރްއާން މުދައްރިސުންނާއި، އަދި ޙާފިޡުންގެ ކެޓަގަރީތައް ހިމެނިފައި ވެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 15 އިން 19 އަށް އައްޑޫސިޓީ ހިތަދޫގައެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް  https://www.adducity.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

            ވީމާ، " އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް – 2026 " ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 ސެޕްޓެންބަރު 2026ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ މިއިދާރާގެ އެޑްމިން މެއިލް [email protected] އަށް ފޮނުއްވާ ދެއްވުން އެދެމެވެ. އަދި  މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިކުރައްވާ ދަރިވަރުންގެ ފޯމުތަކުގެ އަސްލާއި ބައިވެރިވާ ދަރިވަރުންގެ ލިސްޓް (އެކްސެލް ޝީޓް އަދި ޕީޑީއެފް ކޮޕީ) 18 އޮކްޓޫބަރު 2026ވާ އާދިއްތަ  ދުވަހުގެ 14:00ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވައި ދެއްވުން އެދެމެވެ.

4 ރަބިޢުލްއައްވަލަ 1448

17 އޮގަސްޓް   2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2026/273

ޕަބްލިޝް ކުރި ތާރީޚް: 17-08-2026

ސުންގަޑި: 2026-09-15 13:30:00