އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ހެދުމާއި ލޭންޑް ޔޫޒް ޕްލޭން ރިވިއުކުރުމަށް ފުރުސަތު ހުޅުވާލުން

19 ޖޫން 2019     4 years ago


އިޢުލާން

 

އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ހެދުމާއި، އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭން ރިވިއުކުރުމަށް  ކައުންސިލުން ނިންމަވާފއިވާތީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ޖޫން 20 އިން 27 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ޑޮކިއުމެންޓް ގަތުމުގެ މިދަންނަވާ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން މިއިދާރާގެ [email protected] މި އެޑްރެހަށް މެއިލް ކުރައްވާ ނަން ނޯޓުކުރެއްވުން އެދެމެވެ. ނަން ނޯޓުކުރައްވާ ފަރާތްތަކަށް މިއިދާރާގެ ބޭންކް އެކައުންޓްގެ މަޢުލޫމާތު މެއިލްއިން ހިއްސާކުރުމުން މި އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށް މިމަސައްކަތަށް ބޭނުންވާ ބިޑް ޑޮކިއުމަންޓް މެއިލުން ފޮނުވާދެވޭނެއެވެ.

ބިޑް ބަލައިގަތުން އޮންނާނީ 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައެވެ.

------------------------------------

15 ޝައްވާލް 1440

18 ޖޫން 2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/190

ޕަބްލިޝް ކުރި ތާރީޚް: 19-06-2019

ސުންގަޑި: 2019-06-27 12:00:00