ވަޒީފާގެ ފުރުސަތު |
|
|
މަޤާމް: |
މަސައްކަތު |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
މަޤާމުގެ ގިންތި އާއި މުއްދަތު: |
1 އަހަރު (ވަގުތީ)
|
|
މަޤާމުގެ ނަންބަރު: |
MM0054 |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަރަދޫ އަވަށު އޮފީސް |
|
މުސާރަ: |
3100/- ރުފިޔާ |
|
ސަރވިސް އެލަވަންސް: |
1000/- ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
.1ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރެވޭ މިސްކިތެއް / މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން. .2ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާހާނާ ސާފުކުރުން. .3ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން. އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން. .4މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. .5 މިސްކިތުގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށުމާއި ސާފުކޮށްބަލަހައްޓައި، ގަސްތަކަށް ފެންދީހެދުން. .6މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި ދިޔަދޮވި ސާފުކުރުންފަދަ މަސައްކަތްކުރުން. .7މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން. 8.މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުތުތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ފޯމުގެ ލިންކް:http://www.adducity.gov.mv/uploads/1783495108.pdf
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. އަސާސީ ޝަރުތު ހަމަވުމުން - %50 2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5 3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5 4. އިންޓަރވިއު - %40 މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
5. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓަންބަރ 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަރަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 ސެޕްޓެމްބަރ 3 އާއި 2026 ސެޕްޓެމްބަރ 30 އާ ދެމެދު، މަރަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890096 ނަންބަރު ފޯނާއެވެ. |
|
11 ރަބިއުލްއައްވަލު 1448 24 އޮގަސްޓް 2026 |
|

