އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2026 ގެ ކެންޓީންގެ ފުރުސަތު ހުޅުވާލުން

26 އޯގަސްޓް 2026     11 hours ago


އިޢުލާން 

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2026 ގެ ކެންޓީންގެ ފުރުސަތު ހުޅުވާލުން

          އެތްލެޓިކްސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫސިޓީ ކައުންސިލާ ގުޅިގެން 2026 ސެޕްޓެމްބަރު 12- 17 އަށް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އައްޑޫސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

          އެހެންކަމުން، އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ހިނގަމުން ދާ ވަގުތު ގައި އައްޑޫސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 05 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 02 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރޭޝަން ފޯމު ފުރިހަމަކޮށް ފޮނުވައި ދެއްވުން އެދެމެވެ.

ލިންކް: https://forms.gle/g84h1BX186N724rVA

         ވަގުތު ހަމަވާއިރު 05 ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 05 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި އިދާރާއިންނެވެ. އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ކަރަންޓު ނެގޭނެ އިންތިޒާމް އިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

13 ރަބިއުލްއައްވަލް 1448

26 އޮގަސްޓް 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2026/293

ޕަބްލިޝް ކުރި ތާރީޚް: 26-08-2026

ސުންގަޑި: 2026-09-02 15:48:00