އިޢުލާން
އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2026 އަށް އޮފިޝަލުން ހޯދުމުގެ ފުރުސަތު ހުޅުވާލުން
އެތްލެޓިކްސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫސިޓީ ކައުންސިލާ ގުޅިގެން 2026 ސެޕްޓެމްބަރު 12- 17 އަށް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އައްޑޫސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އެހެންކަމުން، އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ހަރަކާތްތެރިވުމަށް 16 އަހަރުން މަތީގެ 35 އޮފިޝަލުން ހޯދުމަށް ބޭނުންވެއެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް -/230 ރުފިޔާ ޕޮކެޓް މަނީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.
ވީމާ، އޮފިޝަލުންގެ ގޮތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 02 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައި މިވަ ލިންކް މެދުވެރިކޮށް ރަޖިސްޓަރޭޝަން ފޯމު ފުރިހަމަކޮށް ފޮނުވައި ދެއްވުން އެދެމެވެ.
ލިންކް: https://forms.gle/jw7LcCSvAyK6PfFb7
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
13 ރަބިއުލްއައްވަލް 1448
26 އޮގަސްޓް 2026

