އިޢުލާން
މަސްޖިދުއްނޫރު ތަޅާލައި އެ ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް މަސްޖިދުއްނޫރު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅޭ
މި އަވަށުގެ މަސްޖިދުއްނޫރު މިސްކިތަކީ ބޮޑެތި މަރާމާތުތައް ކުރަން ޖެހިފައިވާ މިސްކިތަކަށް ވުމާއި އެކު، އަމިއްލަފަރާތެއްގެ އެހީގައި މި މިސްކިތް ތަޅާލައި އެބިމުގައި އަލުން މިސްކިތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އާ މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، 10 ސެޕްޓެންބަރު 2026 ވަނަ ދުވަހުން ފެށިގެން މަސްޖިދުއްނޫރު އުވާލެވޭނެކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
އަދި މި ދުވަހުން ފެށިގެން މަސްޖިދުއްތަޤުވާ ގެ އިތުރުން މަސްޖިދުލްޢަލީ އަކީ މިއަވަށުގެ ހުކުރު ކުރާ މިސްކިތެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ވާހަކަ ދަންނަވަމެވެ.
21 ރަބީޢުލް އައްވަލް 1448
03 ސެޕްޓެންބަރު 2026

