އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި މަތީތައުލީމު ދިނުމަށް އިންސްޓިޓިއުޝަނެއް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

23 ޖޫން 2019     4 years ago


އިޢުލާން

 

އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތައުލީމީ ސިޔާސަތު ހާސިލްކުރުމަށް މަސައްކަތް ކުރުމަށް، 2019 އޭޕްރީލް 29 ވަނަ ދުވަހު އޮތް ކައުންސިލްގެ 91 ވަނަ ބައްދަލުވުމުން ނިންމަވާފައިވާތީ، މި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މި އިދާރާއިން ކުރި ނަމްބަރ (IUL)426-AB/426/2019/185 އިއުލާނާ ގުޅިގެން ތައްޔާރުކުރި މައުލުމާތު ޝީޓްގައި ޓެކްނިކަލް މައްސަލަތަކެއް ހުރުމުން އެ އިއުލާން ބާޠިލްކޮށް  މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.  

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ޖޫން 24 އިން ޖުލައި 3 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ 2019 ޖުލައި 16 ވާ އަންގާރަ ދުވަހު މެންދުރު 11 ޖަހާއިރު ކައުންސިލްގެ އިދާރާގައެވެ.

ބިން ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. މި މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ:

25 ހާސް އަކަފޫޓްގެ 1 ބިން (ހުޅުދޫ ނުވަތަ މިދޫ އިން)

25 ހާސް އަކަފޫޓްގެ 1 ބިން (ހިތަދޫ އިން)

------------------------------------

20 ޝައްވާލް 1440

23 ޖޫން   2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/195

ޕަބްލިޝް ކުރި ތާރީޚް: 23-06-2019

ސުންގަޑި: 2019-07-03 14:00:00